ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެންމެ އިސްކަމެއް ދޭންވީ ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށް: ރައީސް

Advertisement

އެންމެ ފަސް

Advertisement

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެންމެ އިސްކަމެއް ދޭންވީ ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

37 ވަނަ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ވިދާޅުވި ގޮތުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތައް ސަރުކާރުން އެންމެ އިސްކަމެއް ދެއްވުމަށް ނިންމާފައިވަނީ، ދީނީ ކަންކަމަށް ބާރުއަޅައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތައް ފަހިކޮށްދިނުމަށެވެ. މި ގޮތުން މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ސަރުކާރުން ބޮޑެތި އިނާމުތަކެއް މިއަހަރު ދެއްވާފައިވެ އެވެ.

”ހެޔޮގޮތުގައި ދިއުމުގައި ވާދަވެރިކަން އުފެއްދުމަކީ ދީނުގައި އޮންނަ ކަމެއް. ތަގުވާވެރިކަމުގެ ގޮތުން ނޫން ކަންކަމުގައި ވާދަވެރިކަން އޮވެގެން ނުވާނެ. އެންމެ މަތިވެރި އިނާމު ލިބެންވާނީ ޤުރުއާން ކިޔަވައިގެން ލިބޭ ވަނައަށް,“ ރައީސް ވިދާޅުވި އެވެ.

ގުރުއާން ކިޔެވުމަށް ކޮންމެހެން ވަގުތު ހޯދަންޖެހޭކަން ފާހަގަކުރައްވައި، ދެނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިން ޤުރުއާން ކިޔަވަން ތިބި ތިބުމަކީ އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރުން ގުރުއާން ކިޔެވުމުގައި ރީތި ރާގުތަކަށް ހަމަތަކުގެ މަތިން ކުރިއަށް ދިއުމަށް އެންމެ އިސްކަމެއް ދޭކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ގައުމުގައި އެންމެ އިސްކަން ދޭންޖެހޭނީ އިމާރާތްތަކާއި އަތުން ހިފޭ ތަރައްގީއަށް ވުރެ ދާން އޮތް ދުނިޔެއަށް ތައްޔާރުވުމަށެވެ. ވަށާޖެހޭ ތަރައްޤީއަކީ ސިކުނޑިން ވިސްނާ، އަމަލާއި ބަސް، އިސްލާމީ މަގުން ކުރިއަށްގެންދިއުމަށް ވިސްނުންކަމަށާއި، މިކަމަށް މަގުފަހިކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެންކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ