ޗައިނާގެ ސިފިޓް 25 ގައި މިފްކޯއިން ބައިވެރިވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސިފިޓް 25) ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެ އެވެ.

މިފްކޯއިން ބުނެފައިވަނީ، މި ފެއަރގައި މިފްކޯގެ ސްޓޯލްއެއް ބަހައްޓައި، މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓްކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން މިފްކޯގެ ލޯކަލް ސޭލްސް އެންޑް މާކެޓިންގެ ޖެނެރަލް މެނޭޖަރ އާއިޝަތު ރިޔާޒާ ވިދާޅުވީ، މިފްކޯގެ ތަފާތު އުފެއްދުންތައް މި ފެއަރގައި ދައްކާލައި ފެއަރއަށް ޒިޔާރާތްކުރާ ފަރާތްތަކަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

މި ފެއަރގައި މިފްކޯއިން ބައިވެރިވުމުގެ މަގުސަދަކީ މިފްކޯގެ ވިޔަފާރި ބައިނަލްއަގްވާމީ މާކެޓްތަކަށް ފުޅާކުރުން ކަމަށާއި ހާއްސަކޮށް ޗައިނާގެ މާކެޓުތަކަށް މިފްކޯގެ ވިޔަފާރި ތައާރަފުކުރުން ކަމަށްވެސް ރިޔާޒާ ވިދާޅުވި އެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއަރ ކުރިއަށް ގެންދަނީ މިމަހުގެ 8 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ފުޖިޔަން ޕްރޮވިންސްގެ ޒިޔަމިން ސިޓީގަ އެވެ.

މީގެއިތުރުން މިހާރު ހުޅުމާލެ ސެންޓަރަލް ޕާކުުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފެއަރގައިވެސް މިފްކޯއިން ވަނީ ބައިވެރިވެފަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ