ރައީސް ވައުދުވެވަޑައިގެންނެވިގޮތަށް ފެރީދު ރައްޔިތުންނަށް މާފަރުފަޅު ދީފި

Advertisement

އެންމެ ފަސް

Advertisement

އއ. މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު 2025/22 ޤަރާރުގެ ދަށުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، މާފަރުފަޅު ވަނީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މިއީ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް ގެންނެވި އިޞްލާޙެކެވެ.

މި ނިންމެވުމަކީ ފާއިތުވި މަހުގެ 19 ވަނަ ދުވަހު ރައީސް ފެރިދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ފުއްދެވުމެވެ. އެ ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވަނީ މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވަން ނިންމަވާފައިވާ ކަމަށެވެ.

މި ނިންމެވުމާއެކު، މާފަރުފަޅުގައި ޕިކްނިކް އައިލެންޑަކާއި ދޯނި އެހެލާ ސަރަޙައްދެއް ތަރައްޤީކުރުމަށް އެ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކުރެވިފައެވެ. ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއްކަމުގައިވާ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަޞީލަތެއްގެ ގޮތުގައި މި ފަޅު ބޭނުންކުރެވޭނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ފެރިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ