ރާއްޖޭގެ ފަތުރުވެރިކަމުގެ ބައްޕަ، އެމްޔޫ މަނިކުގެ ސިއްހީ ހާލު ގޯސްވެ، އައިސީޔޫގަ ފަރުވާދެނީ

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސް ފަންނުވެރިޔާ މުހައްމަދު އުމަރު ’އެމްޔޫ‘ މަނިކުގެ ސިއްހީ ހާލަތު ދަށްވެ، މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާާދޭން ފަށައިފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އެމްޔޫ މަނިކަށް ފަރުވާދެމުން ގެންދާތާ މިހާރު ވަނީ މަހެއްހާ ދުވަސް ވެފައެވެ.

އެމްޔޫ މަނިކުގެ ހިދުމަތްތައް؛

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތު ކަމަށްވާ އެމްޔޫ މަނިކަކީ ރާއްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ފަރާތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް ޖަމިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ)ގެ ޗެއަރމަންކަން 30 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ އެމްޔޫ މަނިކަކީ މިހާރުވެސް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް ހިންގަވާ ބޭފުޅާއެވެ.

އެމްޔޫ މަނިކުގެ ހިދުމަތްތަކަށް ބަލާއިރު، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތްކުރެއްވުމުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި، 2013 އިން 2024 ގެ ޖެނުއަރީއާ ހަމައަށް އެމްއޭސީއެލްގެ ޗެއާމަންކަން ކުރައްވާފައިވެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކަށްޓަކައި 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ހާސިލްކުރައްވާފައިވެއެވެ.

އެމްޔޫ މަނިކުގެ ކުންފުނިތަކަކީ މިއަދު ރާއްޖޭގެ އެންމެ ގިނަ ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ކަމަށްވެފައި، އެ ކުންފުނިތަކުން ޒުވާނުންގެ ތަމްރީނާއި ތަރައްޤީއަށާއި، ޔަތީމްހާނާތަކަށް އެހީވުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދެ އެވެ. އަދި މެޑިކަލް ސްކޮލަރޝިޕް މެދުވެރިކޮށް 30 އަށްވުރެ ގިނަ ހާއްސަ ޑޮކްޓަރުން ވަނީ ތަމްރީނުކޮށްފައެވެ.

މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ