ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް އެމްޓީސީސީން އިއްޔެ ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެނދިކުޅުދުއަށް ވަޑައިގެންނެވެ.

އެމްޓީސީސީން މި ޚިދުމަތް ފެށުމާއެކު، ކެނދިކުޅުދޫގައި ބަހުގެ ޚިދުމަތް ފުޅާވެގެން ގޮސްފައިވެއެވެ. މީގެ ކުރިން މި ރަށުގައި ބަހުގެ ޚިދުމަތް ދެމުން ގެންދިޔައީ ހަމައެކަނި ސްކޫލުގެ ފަރާތުންނެވެ. ނަމަވެސް މިހާރު މި ޚިދުމަތް ރަށުގެ އާންމު ރައްޔިތުންނަށް ވެސް ލިބޭނެއެވެ.

މި ޚިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ ދެ ބަސް ކެނދިކުޅުދުއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހެކެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި ސްކޫލް ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާ ގޮތަށް މި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތަކީ އެމްޓީސީސީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރުކޮށްދެމުންދާ ޚިދުމަތެކެވެ. މިގޮތުން މާލޭ ސަރަހައްދުގެ އިތުރުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. އަތޮޅު، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގައި މި ޚިދުމަތް މިހާރު ދެމުން ގެންދެއެވެ.

ނ. ކެނދިކުޅުދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާރުޓީއެލް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ