އަޔަރލޭންޑަށް އިރުތިޝާމް، ޔޫކްރެއިންއަށް ޤީލާ އައްޔަނުކުރަން ރުހުންދީފި

Advertisement

އެންމެ ފަސް

Advertisement

ޔޫކްރެއިން އަދި އަޔަރލޭންޑަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި އެވެ.

އަޔަރލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ، އިރުތިޝާމް އާދަމް އަށެވެ. ޔޫކްރެއިނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ، ޤީލާ އަލީ އަށެވެ.

މި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

އިރުތިޝާމް އާދަމް އަކީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަދި ޤީލާ އަލީ އަކީ ދިވެހިރާއްޖެއިން ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ރައްޔިތުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ