މިބޭހުގެ އެއްވެސް ބެޗެއް ބޭސް އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓުކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވިދާޅުވެއްޖެ އެވެ.
އެގޮތުން އެއިދާރާއިން ވިދާޅުވެފައިވަނީ މި މެކްސްހީލް ފާމަސޫޓިކަލް އަކީ އިންޑިއާ ލިމިޓެޑުންް އުފައްދާ އެމޮކްސިސިލެން ކެޕްސޫލްގެ ފޭކު ހަތަރު ބެޗެއް ބައެއް ގައުމުތަކުގައި ދައުރުވަމުންދާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ވެސް ކެމަރޫން އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި މައްސަލަ ޖެހިފައިވާ ކަމަށް ފާހަގަވި ހަތަރު ބެޗުގެ ބޭސް ދައުރުވަމުންދާކަން އަންގާފައިވާނެ ކަމަށެވެ.
އެގޮތުން ޑަބްލިއުއެޗްއޯގެ އެންގުމާ ގުޅިގެން ބެލިބެލުމުން މިބޭހުގެ އެއްވެސް ބެޗެއް ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ވެސް އެފްޑީއޭއިން ވަނީ ވިދާާޅުވެފަ އެވެ.
ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.



