މިމަހުގެ ދެވަނަ ކްރޫޒްލައިނާ އެކު 1274 ޓޫރިސްޓުން ރާއްޖެއަށް

Advertisement

އެންމެ ފަސް

Advertisement

”އެމްއެސް ޒުއިޑަޑަމް“ ކިޔާ ކްރޫޒްލައިނާއިން ރާއްޖެއަށް ޖުމްލަ 1274 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

މިއީ މިމަހުގެ ތެރޭގައި ރާއްޖެ އައި ދެވަނަ ކްރޫޒްލައިނާ އެވެ.

މިމަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒްލައިނާއަކީ ސީޝެލްސްއިން އައި ކްރޫޒްލައިނާއެކެވެ. އެ ކްރޫޒްލައިނާ އިން 576 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.

އެހެންކަމުން، މިމަހު ކްރޫޒްލައިނާތަކުން ރާއްޖެއަށް މިވަނީ 1850 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ކްރޫޒްލައިނާތައް މެދުވެރިކޮށްވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރާތްކުރާއިރު، ސަރުކާރުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށެވެ. މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 488،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ވިޒިޓް މޯލްޑިވްސް މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ