އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކަށް ކާށި ގެނެސްދޭން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ބާޒާރުގައި މިވަގިވަގުތު ދިމާވެފައިވާ ކާށީގެ ދަތިކަން ޙައްލުކުރުމަށްޓަކައި އަމިއްލަ ވިޔަފާރިތަކަށް ކާށި ގެނެސްދޭން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފި އެވެ.

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިހާރު ބާޒާރުގައި ކާށީގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. އަދި ކާއްޓެއްގެ އަގު 40 އާއި 60 ރުފިޔާއާ ދެމެދުގައި ހުރިތާ ހަފްތާއެއްހާ ދުވަސްވެފައިވާކަމަށް އެސްޓީއޯއިން ބުނެ އެވެ. މިކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާތީ، އެސްޓީއޯއިން ވަނީ މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ފަށާފަ އެވެ.

އެސްޓީއޯއިން މިހާރު ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށާފަ އެވެ. އަދި މީގެ އިތުރުން، ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު ހޯލްސޭލަރުންނަށް ހުޅުވާލާފައިވެ އެވެ.

ކާށީގެ ސްޓޮކް ހޯދުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެން ބުކްކުރެވޭނެ އެވެ. ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެ އެވެ.

އެސްޓީއޯގެ މިހާރުގެ އަމާޒަކީ ހޯލްސޭލަރުންނަށް ފަސޭހަކަމާއެކު ކާށި އެތެރެކޮށްދީ، އެކަށީގެންވާ އަގެއްގައި އާންމު ރައްޔިތުންނަށް ކާށި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މި ގޮތުން، އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ކާށި ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުންނެވެ.

އެސްޓީއޯގެ މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ރަމަޟާން މަހަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯއިން ވެފައިވާ ޚާއްޞަ ތައްޔާރީތަކުގެ ދަށުން ބާޒާރުގެ އާންމު ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބަލައި އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެސްޓީއޯއިން މިހާރު ދަނީ އަޅަމުންނެވެ.

އެސްޓީއޯއިން މީގެ ކިން މީގެ ކުރިންވެސް ވަނީ މިފަދަ ދަތި ހާލަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. މީގެ ތެރޭގައި 2023-2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ދިމާވި ފިޔާގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދިނުން ފާހަގަކުރެވެ އެވެ.

ރަމަޟާން 1446 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ