އާސަންދައިން ބޭސް ލިބޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އާސަންދައިން ބޭސް ލިބޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

މި ބަދަލުތައް ގެންނެވުމަށް ރައީސް ނިންމެވީ މިއަދު ބޭއްވުނު ވަޖީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅި ކަރުދާހަކަރުދާހަކާ ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލުތައް ގެންނެވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމާއި، އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމެވެ.

ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، އެސް.ޓީ.އޯ އިން ލިބެން ހުރި ބޭސް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.

މީގެ އިތުރުން، އެސް.ޓީ.އޯ އަށް ރާއްޖެއިން ބޭރުން ސީދާ ބޭސް އެތެރެކުރުމުގެ ހުއްދަ ދިނުމާއި، މާލެ އާއި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި އެސް.ޓީ.އޯ ގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ނިންމަވާފައެވެ. އެޅުމަށް ނިންމި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ؛

1. މާލޭގައި 4 ޖީ.ޕީ ކްލިނިކުން އެސް.ޓީ.އޯ ފާމަސީ މެދުވެރިކޮށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
2. ހުރިހާ ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލުތަކުގައި މި ނިޒާމު ގާއިމުކުރުން.
3. ރަށްރަށުން ނުލިބޭ ބޭސް އެސް.ޓީ.އޯ އިން ފޯރުކޮށްދިނުން.
4. ބޭރުން ބޭސް އެތެރެކުރުމުގައި ފޮރިން މިނިސްޓްރީގެ ދައުރު ފުޅާކުރުން.
5. ހެލްތު މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ބެލުން.
6. އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން ބޭސް ލިބޭނެ ގޮތް ހެދުން.
7. އެމް.އެފް.ޑީ.އޭ ގައި ބޭސް ޓްރޭސްކުރެވޭނެ ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުން.
8. ބޭސް ސިޓީން ބޭހުގެ ލިބެންހުރި މިންވަރާއި ތަން އެނގޭނެ ގޮތް ހެދުން.

ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކާއި މާލީ ތަކުލީފުތައް ކުޑަވެގެންދާނެ އެވެ. އަދި މިއީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާސަންދަ ވަޒީރުންގެ މަޖިލިސް މިނިސްޓްރީ އޮފް ހެލްތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ