ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.96 މިލިއަނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު 1.96 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު 21، 2024 ގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،969،071 ފަތުރުވެރިން ޒިޔާރާތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ 1،806،500 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރާތް ކުރި ޖުމުލަ ފަތުރުވެރިންގެ އަދަދަކީ 1،878،543 އެވެ.

ރާއްޖެއަށް ކޮންމެ ދުވަހަކު އެވަރެޖްކޮށް 5،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރާކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފާހަގަ ކުރެވެ އެވެ. އެހެންކަމުން ކުރިއަށް އޮތް 5 ވަރަކަށް ދުވަސް ތެރޭގައި 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ ޓާގެޓު ހާސިލްވެގެން ދާނެކަމަށް ބެލެވެ އެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރުން ޒިޔާރާތް ކުރި ގައުމުތަކަށް ބަލާއިރު ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. ޗައިނާގެ 260،000 އަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރުގެ ތެރޭގައި ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފަ އެވެ. ދެވަނައިގައި އޮތް ރަޝިޔާއިން ރައްޖެއަށް ޒިޔާރާތްކޮށްފައިވަނީ 216،092 ފަތުރުވެރިންނެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އަވައްޓެރި އިންޑިއާ އޮތީ ލިސްޓްގެ ހަވަނައިގަ އެވެ.

ރާއްޖެ - ރަޝިޔާ ރާއްޖެ - އިނގެރޭސިވިލާތް ރާއްޖެ - އިންޑިއާ ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ