މީރާގެ ބޯޑު މެންބަރު ކަމަށް ހުށަހެޅި 5 މީހުންގެ ނަން ދިރާސާ ކުރުމަށް ކޮމިޓީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަރުތު ހަމަވާ 5 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މި ނަންތައް ހުށަހަޅުއްވާފައިވަނީ މީރާގެ ބޯޑު މެންބަރެއްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ އިއްވާފަ އެވެ. މި ސިޓީގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ނަންތައް ހުށަހަޅުއްވާފައިވަނީ ޝަރުތު ހަމަވާ މެންބަރުންގެ ތަރުތީބުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ނަންތަކަކީ:

1. ދަހާ ޝުއައިބް، ހ. ކެރީބިއަން
2. އަޙްމަދު ފާއިޒް މުޙައްމަދު، އަސްރަފީހިޔާ، ލ. މާވަށް
3. ޢަބްދުﷲ ޢިމްރާން، މާލަމް، ރ. ހުޅުދުއްފާރު
4. އަލްއުސްތާޛު މަޙްޒޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ
5. އާމިނަތު އާފިޔާ، ދަފްތަރު ނަންބަރު ރސ 13462

މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފަ އެވެ. ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓު، މި މައްސަލަ ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް މީރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ