ރައީސުލްޖުމްހޫރިއްޔާ، ރަސްދޫގެ ގެސްޓްހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތަކާއި ބައްދަލް ކުރެއްވީ ކ. އަތޮޅުގެ ރަށްތަކާއި އއ. އަތޮޅުގެ ރަށްތަކަށް މިހާ ކުރަށްވަމުން ގެންދަވަ ދަތުރުފުޅުގަ އެވެ.

ރަސްދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ވަނީ ރަސްދޫއާ ކައިރީގައި އޮތް ފިނޮޅު ގިރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ހަމާއެއާއެކު އީ.އައި.އޭ ހައްދަވައިގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް މި ސަރަހައްދު ނެތިދިއުމުން ހިމާޔަތްކޮށްދެއްވުމަށް އެބޭފުޅުން އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުންވެސް، ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާކަންކަން ފާހަގަކުރައްވައި އެ ރަށުގެ އިޤްތިޞާދު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކަންކަން އެ ބޭފުޅުން ޙިއްޞާކުރެއްވި އެވެ. އަދި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަންވެސް އެބޭފުޅުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ފާހަގަކުރެއްވި ކަންކަން ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެ ކަމަށެވެ. އަދި ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ރަސްދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ