ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ ބިންގާ އަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އއ. ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރެވެ.

މިނިސްޓަރ ހައިދަރު ވިދާޅުވި ގޮތުގައި މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، ފާޚާނާ، ގުދަން އަދި ބަދިގެ ހިމެނޭނެއެވެ. ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. މީގެ އިތުރުން، އިމާރާތުގައި ވެހިކަލް ޕާކުކުރެވޭނެ ނިޒާމާއި، ސްޓްރެޗަރ ލިފްޓާއި ފަސިންޖަރު ލިފްޓް ހިމެނޭނެއެވެ.

މިނިސްޓަރ ހައިދަރު ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ރަސްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބޭނެ ބޮޑު ހައްލެކެވެ. އަދި ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެ ދައުރުގެ ތެރޭގައި އެންމެންނަށްވެސް ބޯހިޔާވަހިކަން ހާސިލްކޮށްދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްދޫއަކީ 1200 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގެ ބިމުގެ ބޮޑުމިނަކީ 20 ހެކްޓަރެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހައުސިން މިނިސްޓްރީ އއ. ރަސްދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ