ދިފާއީ ކަންކަން ބޭރު ބަޔަކަށް ދޫނުކުރަން، އަމިއްލަ ގާބިލުކަން އިތުރުކުރާނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިފާއީ ކަންކަން ބޭރު ބަޔެއްގެ އަތްމައްޗަށް ދޫނުކުރާ ކަމަށާއި އޭގެ ބަދަލުގައި އަމިއްލަ ގައުމުގެ ގާބިލިއްޔަތުކަން އިތުރުކުރުމުގެ މަގްސަދު ވަރަށް ސާފު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ މިރޭ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމުގަ އެވެ. ރައީސް އެފަރާތްތަކާއި ބައްދަލުކުރެއްވީ އިންޑިއާގެ ރައީސް ދްރޯޕަދީ މުރްމޫ ދެއްވި ދައުވަތަކަށް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މިގޮތަށް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއިން ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށް ވެވެނު އެެއްބަސްވުމަށް އިޝާރާތް ކުރައްވަމުން ނެވެ. ގައުމުގައި އަނެއްކާ ވެސް އެހެން ގައުމެއްގެ ސިފައިން އައިސް ވަޒަންވެރިވާނެއޭ ކިޔައިގެން ބައެއް މީހުން ވާހަކަ ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ގައުމުގެ އަތްމައްޗަށް ދޫކޮށްލާ ރައީސް ވަނީ ކުރީގެ ވެރިކަމުގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން މިހާރު ރާއްޖޭގައި ނެތް ކަން ފާހަގަކުރައްވާފަ އެވެ. އަދި މިހާރު ރާއްޖޭގައި އެއްވެސް ބޭރުގެ ސިފައިންގެ މީހެއް ނޫޅޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.

”ވެރިކަން ހަވާލުވިއިރުގައި ބައެއް ކަންކަން ހާރިޖީ ގޮތުން ގޮސްފައި ހުރި ގޮތުން ވެދާނެ ކަމަށް ބައެއް މީހުން މި ދަތުރާއި ގުޅޭ ގޮތުން ދައްކާ ވާހަކައިން ހީވިއަސް އެއީ އެކަން އޮތް ގޮތެއް ނޫން. އަމިއްލަ ކެޕޭސިޓީ ބިލްޑް ކުރާ ވާހަކަ އޮންނާނީ. އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން އަޅުގަނޑުމެން ކަންކަން ކުރާ ވާހަކައެއް ނޯންނާނެ. އަޅުގަނޑުމެންގެ ގައުމުގައި ހުރި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ކަންކަމުގައި ކެޕޭސިޓީ، އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރު ކޮށްގެން ކުރާ ވާހަކަ އޮންނާނީ،“

އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ރިވެތި އަހުލާގުގެ ތެރެއިން، ޑިޕްލޮމެސީގެ ރިވެތި އުސޫލުގެ ތެރެއިން އެކަމަށް އޮތީ ދާއިމީ ހައްލެއް އައިސްފައިވާ ކަން ފާހަގަކުރައްވާ، ރައީސް ވަނީ ކުރިއަށް އޮންނަ ތަނުގައިވެސް ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ދަތުރުފުޅުގައި އިއުލާނު ކުރެއްވީ ”ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ“ ކަމަށާއި އެ ލިޔުމަކީ ދިވެހީންނަށް ފެންނާނެ ލިޔުމެއް ކަމަށެވެ. އަދި އޭގައި ހުރިހާ ކަމެއް އޮންނާނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

”މި ޑޮކިއުމެޓް ފެންނާނެ. އޭގައި ދިފާއީ ގޮތުން، ޑިފެންސްގެ ދާއިރާ އިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ އެމްއެެންޑީއެފުން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި އޮތް އެއްޗެއް. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީހެން އޭގައި ނުހުންނާނެ ކަންކަމެއް.“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ ބެންގަލޫރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ