ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން، މިއަހަރުގެ މިހާތަނަށް 300 އަަށްވުރެ ގިނަ ސްކޮލަރޝިޕް ގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މިކަން ހާމަކޮށްފައި ވަނީ، ރައީސް އޮފީހުގެ ’ސަރުކާރު‘ ވެބްސައިޓުގައި ޝައިރު ކުރި ހަބަރެއްގަ އެވެ.
މި އަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ޖުމްލަ 53 ސްކޮލަރޝިޕް ސްކީމެއް އިޢުލާންކޮއްފައިވާއިރު، ޖުމްލަ 345 ސްކޮލަޝިޕްގެ ފުރުޞަތުތަކެއް ވަނީ ހުޅުވާލާފަ އެވެ.
މިނިސްޓްރީ އިން އިޢުލާންކޮއްފައިވާ މި ސްކޮލަރޝިޕް ފުރުޞަތުތަކުގެ ދަށުން މި އަހަރު، ޖުމްލަ 681 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރަމުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މި އަހަރު އިޢުލާނުކުރި ސްކޮލަޝިޕް ސްކީމްތަކުގެ ތެރޭގައި، މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައިސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް، ހައި އެޗީވާސް ސްކޮލަރޝިޕް އަދި އެކައުންޓިން ސްކޮލަރޝިޕް ހިމެނެ އެވެ.
މީގެ އިތުރުން، ޗައިނާ، ތުރުކީ، އިގިރޭސިވިލާތް އަދި ޖަޕާން ފަދަ ބޭރުގެ ޤައުމުތަކުގެ ޚަރަދުގައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާޞިލުކުރުމާއި ތަމްރީނުވުމަށް ސްކޮލަޝިޕްގެ އެތަށް ފުރުޞަތުތަކެއް ވެސް ވަނީ ހުޅުވާލެވިފަ އެވެ.