ކީރިތި ގުރުއާން ހިތުދަސް ކުރައްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް ދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އިސްލާމީ ދުވަހާ ގުޅިގެން ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި ކީރިތި ޤުރުއާން ހިތުދަސްކުރައްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ މެޑަލް ދެއްވައި ފިއެވެ.

މި ޖަލްސާގައި 28 ހާފިޒުންނަށް މެޑަލް ދެއްވާފައިވާއިރު، މިއީ ހާފިޒުންގެ އަގު ވަޒަންކުރުމަށާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެއްވާ މެޑަލެކެވެ. މި މެޑަލް ދެއްވަން ފެށީ 2014 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހު ނިންމި ނިންމުމަކާ ގުޅިގެން ނެވެ.

އެންމެ ފުރަތަމަ މި މެޑަލް ދެއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި 3 ހާފިޒުންނަށެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ހާފިޒުންނަށް މި މެޑަލް ދެމުން ގެންދިޔަ އެވެ.

2020 ވަނަ އަހަރު މި މެޑަލް ދިނުމުގެ އުސޫލުތަކަށް ބަދަލު ގެނެވުނެވެ. އެގޮތުން، 85 އިންސައްތަ މާކްސް ލިބިގެން އެއްވަނަ ދަރަޖަ ހާސިލުކުރާ ހާފިޒުންނަށް ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މެޑަލް ދިނުމަށް ހަމަޖެއްސެވި އެވެ. އަދި ދެވަނަ އަދި ތިންވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ޤުރުއާން ކިޔެވުމުގެ ޤައުމީ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި މެޑަލް ދިނުމަށް ނިންމުނެވެ.

ނަމަވެސް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ކުރިން އޮތް ގޮތަށް ދަރަޖަ ތަފާތުކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް މެޑަލް ދެއްވުމަށެވެ. މިގޮތުން މިއަދު ބޭއްވުނު ޖަލްސާގައި 28 ހާފިޒުންނަށް މެޑަލް ދެއްވާފައިވެ އެވެ.

ހާފިޒުކަމުގެ ސަނަދު ލިބިވަޑައިގެންނެވި ހާފިޒުން:

  • އަލްހާފިޒާ ފާތުމަތު ދިދި / ޝެވިލް ސ. ހިތަދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 1 މާރޗް 2023)
  • އަލްހާފިޒާ ޖަމީލާ އަލް ދިދި / ޑޫޑިގަން މައްސާގުގެ ޏ. ފުވައްމުލައް (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 29 މެއި 2023)
  • އަލްހާފިޒާ ފާތިމަތު އިޝާ / ނިޒާމް ށ. މިލަންދޫ
  • އަލްހާފިޒާ ހަކީމަތު މުހައްމަދު / ފުނާޑު ހީނާގެ ޏ. ފުވައްމުލައް
  • އަލްހާފިޒާ އައިމިނަތު ލަތީފާ / ތިބްރޯސްގެ ސ. ހިތަދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 31 ޖުލައި 2023)
  • އަލްހާފިޒް މޫސާ އަޝްހަލް އަޝްރަފް / މާލެ ހެންވެއިރު އީސްޓް ލައިޓް (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 30 ސެޕްޓެމްބަރ 2023)
  • އަލްހާފިޒާ ފާތިމަތު އަހުމަދު / ދަނޑިމަގު ގުލްދަސްތާގެ ޏ. ފުވައްމުލައް (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 25 ސެޕްޓެމްބަރ 2023)
  • އަލްހާފިޒް އަބްދުﷲ ރަޝީދު / އަލުވިމާގެ ސ. ހިތަދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 27 ސެޕްޓެމްބަރ 2023)
  • އަލްހާފިޒް އަބްދުﷲ ބިން ޔާމިން / މޫންލައިޓް ހިޔާ ސ. މަރަދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 27 ސެޕްޓެމްބަރ 2023)
  • އަލްހާފިޒާ ސައުދިއްޔާ މޫސާ / މީނާޒް ށ. ބިލެއްފަހި (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 30 ނޮވެމްބަރ 2023)
  • އަލްހާފިޒާ ޒަހިއްޔާ އަބްދުލް ޣަނީ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 2 ޑިސެމްބަރ 2023)
  • އަލްހާފިޒާ ޔުމްނާ އަބްދުލް އަޒީޒް / ފެހިގެ ދ. މީދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 1 ފެބްރުއަރީ 2024)
  • އަލްހާފިޒް މުހައްމަދު ޔޫނުސް ބިން އިބްރާހިމް ޒާހިރު / ޖަވާހިރުމާގެ ރ. ފައިނު (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 1 ފެބްރުއަރީ 2024)
  • އަލްހާފިޒް ރާހިން ބިން މުހައްމަދު / މާތޮޑާ އަވަށް ޖަގަހަ ގދ. ފަރެސްމާތޮޑާ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 18 ފެބްރުއަރީ 2024)
  • އަލްހާފިޒް އިޒްކާން ނަޖީބް ހުސެއިން / މާލެ ގ. ފަރެސް (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 18 ފެބްރުއަރީ 2024)
  • އަލްހާފިޒް މުހައްމަދު ހަނޫން ހުސެއިން / ފަރުބަދަ ސ. ފޭދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 22 ފެބްރުއަރީ 2024)
  • އަލްހާފިޒް އަލީ ރައީފް / ދޮންމޫނިމާ އއ. ތޮއްޑޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 3 މާރޗް 2024)
  • އަލްހާފިޒާ ފާތިމަތު ނަސީރާ / ނިކަގަސްދަށުގެ ސ. ހިތަދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 5 މާރޗް 2024)
  • އަލްހާފިޒް އަޒީމް މުހައްމަދު / ދަނޑިމަގު ބެންހާގެ ޏ. ފުވައްމުލައް (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 25 މާރޗް 2024)
  • އަލްހާފިޒް ރަސްލާން އަބްދުލް ރައްޒާގް އީސާ / އަމްބަރީގެ ރ. މީދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 1 ޖޫން 2024)
  • އަލްހާފިޒާ ޝަބީނާ އަބްދުﷲ / އަސްވާޑް ގަ. ދެއްވަދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 5 ޖޫން 2024)
  • އަލްހާފިޒާ މޫނިސާ އަބްދުއްރަހީމް / ކިނާރާ ނ. ލަންދޫ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރެއްވީ 6 ޖޫން 2024)
  • އަލްހާފިޒް އާސިރު އާރިފް ޔޫސުފް / ބަޅިވިލާގެ ބ. އޭދަފުށި (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 3 ޖުލައި 2024)
  • އަލްހާފިޒް އަލާވީ އައްޔޫބް ބުން މުހައްމަދު ޝުޖާއު / މާލެ މއ. ރަތްއެންދެރި (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 14 ޖުލައި 2024)
  • އަލްހާފިޒް އަބްދުﷲ ހަޔާން ހަމީޒް / ގުޅަހަ ޅ. ނައިފަރު (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 21 ޖުލައި 2024)
  • އަލްހާފިޒް ރައްޔާން އަހުމަދު މުހައްމަދު / ދަނޑިމަގު ދޫރެސް ޏ. ފުވައްމުލައް
  • އަލްހާފިޒާ އައިޝަތު ސޮއިބަތު މުހައްމަދު ރިގްސާން / ފެމިލީ ޅ. ނައިފަރު (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 25 އޮގަސްޓް 2024)
  • އަލްހާފިޒް ބިލާލް ބިން އަހުމަދު / މާލެ ގ. ހީނާހިޔާ (ހާފިޒް ކަމުގެ ސަނަދު ހާސިލް ކުރީ 1 ސެޕްޓެމްބަރ 2024)

މި މެޑަލް ދިނުމުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ޤުރުއާން އުނގެނެނުމަށާއި ހިތުދަސްކުރުމަށް ބާރުއެޅުމާއި، ޤުރުއާން ހިތުދަސްކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، އެކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރުމެވެ. މި ޖަލްސާގައި މެޑަލް ދެއްވުމަކީ ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ އިސްލާމްވީ ދުވަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ