ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ތައާރަފްކުރެވޭނީ ދާއިމީކޮށް ފްލައިޓްތައް އެ އަތޮޅުތަކަށް ދަތުރުކޮށްގެން: އެމްޔޫ މަނިކު

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ތައާރަފްކުރެވޭނީ ދާއިމީކޮށް ފްލައިޓްތައް އެ އަތޮޅުތަކަށް ދަތުރުކޮށްގެންކަމަށް މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

އެމްޔޫ މަނިކު މިގޮތަށް ވިދާޅުވީ ރޭ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ދައުލަތުގެ މީޑިއާއިން އިންތިޒާމްކުރި ފަތުރުވެރިކަމުގެ މަހާސިންތާގައި ވާހަކަދައްކަމުން ނެވެ.

މި ޕެނަލްގައި ވާހަކަދައްކަމުން މަނިކު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށިއިރު މާލެއިން އަރި އަތޮޅާއި ހަމައަށް ކަނޑު ހުރަސްކޮށްގެން ނޫނީ ނުދެވޭ ކަމަށެވެ. އެތަނަށް ދަތުރުކުރަން ޖެހުނީ ދޯނީގައި 8 ގަޑިއިރުގެ ދިގު ދަތުރު ކަޑައްތުކޮށްގެން ކަމުގައި ތަޖުރިބާެގެ އަލީގައި މަނިކު ކިޔާދީފައި ވެއެވެ. އޭރުގައި ވަސީލަތްތައް މަދު ކަމަށާއި އޭގެ ފަހުން ތައާރަފްކުރި ހެލިކޮޕްޓަރާއި ސީޕްލޭންގެ އެހީގައި އުތުރަށް ފަތުރުވެރިކަން ތައާރަފްވި ކަމުގައި ބުނެފައި ވެއެވެ.

ހަމަ އެގޮތަށް އަތޮޅު ތެރޭގަ ހުރި ދަތުރުފަތުރު ކުރުމުގެ ހިރާސްތަކަކީ އެތަންތަނުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އޮތް ގޮންޖެހުމެއްކަން އޭނާ ވަނީ ފަތުރުވެރިކަމުގެ ވަޒީރު ފައިސަލް އިބްރާހީމްގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އަތޮޅުތަކުގައި އެއާޕޯޓްތައް މިހާރު ގާއިމުކުރެވިފައިވީ ނަމަވެސް، އެތަންތަނަށް އެކަށީގެންވާ މިންވަރަށް ފްލައިޓް ދަތުރުނުކުރާ ކަން އޭނާ ފާހަގަކުރި އެވެ. އެތަންތަނަށް އަޅާ ދަތުރުތައް ގިނަނުކުރަނީސް ފަތުރުވެރިކަން ތަރައްގީ ނުކުރެވޭނެ ކަމަށް އެމްޔޫ މަނިކު ބުންޏެވެ.

”މިއީ ވިޔަފާރީގެ ގޮތުން ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން އެއާޕޯޓް ހެދިޔަސް، ހަމައެކަނި ދެ ފްލައިޓުން މިކަން ކުރެވޭނީ ކިހިނެއް؟“

އެމްޔޫ މަނިކު ހާމަކުރެއްވި ގޮތުގައި ގއ. އާއި ގދ. އަދި އެފަދަ ސަރަހައްދުތަކުގައި ރިސޯޓުތައް ހިންގަނީ ގޮންޖެހުންތަކަކާއި އެކީގައި ކަމަށް ބުނެފަ އެވެ. އޭނާ ވަނީ ދުވާލަކު ތިން ހަތަރު ފްލައިޓް މި ސަރަހައްދަށް ދަތުރުކުރާނަމަ އެ ސަރަހައްދުން އިތުރު ރިސޯޓްތައް ފެންނާނެ ކަމުގައި ވިދާޅުވެފަ އެވެ.

ޕެނަލްގައި ބައިވެރިވި ކްރައުން އަދި ޗަމްޕާ ކުންފުނީގެ ހިއްސާދާރު ހުސައިން އަފީފް ވެސް ބުނީ އެއާޕޯޓްތައް އެޅުމުން އެކަނި  ހައްލެއް ނުފެންނާނެ ކަމަށެވެ. އެއާޕޯޓްތައް ރަނގަޅަށް ހިންގޭނެ ގޮތްތައް ހޯދުމަކީ ހަމަ އެހާމެ މުހިންމު ކަމެއް ކަން އޭނާ ފާހަގަކުރި އެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ