މުހައްމަދު އިސްމާއީލް އައްބާސްއަށް: މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ބޭނުން ހިފާ!

Advertisement

އެންމެ ފަސް

Advertisement

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕެވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލި މާފަންނު ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއަށް ގޮވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުުހައްމަދު އިސްމާއީލް މިގޮތަށް ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދޭ ކަމަށް ވިދާޅުވެ، އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ރައްދުގަ އެވެ.

އައްބާސް އިއްޔެ ކުރެއްވި ޕޯސްޓުގައި ވަނީ ރާއްޖޭގެ މަސްވެރިންގެ ދިރިއުޅުމުގެ ހާލަތު ގޯސްވީ ފާއިތުވަމުން މިދާ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން މަސްވެރިންގެ އަތްމަތި ދަތިވުމާއި ގުޅިގެން ކަމަށެވެ.

”ދަރަނިވެރިވެ، އެބައިމީހުންގެ (މަސްވެރިންގެ) އާއިލާތައް މަގުމަތިވާ ހިސާބަށް ދިޔައީމަ“

އައްބާސް މިފަދައިން ސަރުކާރަށް ފާޑުވިދާޅުވެފައިވަނީ ޓިކްޓޮކްގައި ދައުރުވަމުންދާ ވީޑިއޯއެއްވެސް ޕޯސްޓުގައި ޝާއިއުކުރައްވަމުން ނެވެ. އެ ވީޑިއޯ އިން ފެންނަނީ ގއ. ދެއްވަދޫއަށް އިއްޔެ ޒިޔާރަތްކުރި ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ދިއުމުން ރަށުގެ ބައެއް ރައްޔިތުންނާއި މަސްވެރިން ނުރުހުން ފާޅުކުރި މަންޒަރެވެ. ވީޑިއޯއިން ދައްކާ ގޮތުގައި ފިޝަރީޒްގެ ޓީމް އިން ރަށަށް އެެރުމުން ފުދޭވަރަކަށް ގިނަ މީހުން ބަނދަރު ސަރަހައްދަށް އެއްވެ، އެމީހުން އަނބުރާ މާލެ ދިއުމަށް މަޖުބޫރުކޮށްފައި ވެއެވެ. ރަށުގެ ރައްޔިތުން އެމީހުންނާއި ދެކޮޅަށް އަޑު އުފުލުމުން ފިޝަރީޒްގެ ޓީމުން ވަނީ އަނބުރާ މާލެ ގޮސްފަ އެވެ. އެމީހުން ލޯންޗަށް އަރަންދެން ރަށުގެ ރައްޔިތުންތަކެއް މަންޒަރު ބަލަން ތިބެ އަޑު ގަދަ ކުރަމުން ދިޔަ އެވެ.

މިކަމާއި ގުޅޭގޮތުން މުހައްމަދު އިސްމާއީލް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިސަރުކާރާ ހަވާލުވި ފަހުން މިހާތަނަށް ދިވެހި މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާއަށް ވުރެ ގިނައިން ފައިސާ ދައްކައިފިކަން ނޭނގުމަކީ އައްބާސްގެ ”ނުކުޅެދުންތެރިކަން“ ކަމަށެވެ. މަސްވެރިންނަށް ހުރިހާ ޒަމާނެއްގައިވެސް ލާރިދެމުން އަންނަނީ ބާނާމަސް ބޯޓަށް ނުވަތަ ކޫއްޑޫއާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ކިރާ ވަގުތަކު ނޫންކަން އައްބާސްއަށް ނޭނގޭނަމަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވަންޖެހޭ ކަމުގައި މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

މަސް ކިރާތާާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ސަރުކާރުބް ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް މިހާރުވެސް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައިވާތީ، ރައީސް މުއިއްޒުގެ ސަރުކާރަށް މަސްވެރިންގެ ފައިސާ ދެއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. މިހެން ވިޔަސް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ސަރުކާރުން ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއިން ވަނީ ޖުމްލަ 862 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ޖަމާކޮށްފަ އެވެ. މިފްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، މިވަގުތު މަސްވެރިންނަށް ނުދެވި ހުރީ 17 މިލިއަން ރުފިޔާ އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މަސްވެރިކަން މުހައްމަދު އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ