ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު މަޖިލީހަށް ބަލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.

ފަޒާދު ހުށަހެޅުއްވި މި ބިލުގެ މަގުސަދަކީ ދައުލަތުގެ ދަރަނި ކުޑަކޮށް ދައުލަތުގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑެއް ގާއިމުކޮށް، އެ ފަންޑު ހިންގާ ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ފަންޑާ ގުޅުންހުރި ދައުލަތުގެ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރުމެވެ.

މަޖިލީހުގެ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ޖޫން 10، 2024 ގައި ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 4 ވަނަ ޖަލްސާގަ އެވެ. މިއަދު ކުރިއަށް ދިޔައީ މި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ އެވެ. އިބްތިދާއީ ބަހުސްގައި ގިނަ މެންބަރުން ވަނީ ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

އިބްތިދާއީ ބަހުސްއަށް ފަހު މި ިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ބިލު ބަލައިގަންނަން ފެންނަކަމަށް 83 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. މަޖިލީހަށް މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރު ވޯޓު ދެއްވާފައެއް ނުވެ އެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ފަޒާދު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑެއް ގާއިމުކޮށްފައިވީ ނަމަވެސް ފަންޑު ބޭނުން ކުރާނެ އުސޫލުތަކާއި ފަންޑުގެ ކަންތައްތައް ދަނީ އެންމެ ރަނގަޅަށްތޯ ބަލާ ޔަގީން ކުރެވޭނެ ގޮތެއް ގާއިމުވެފައި ނެތް ކަމަށެވެ. އެހެންކަމުން މި ބިލު ގާނޫނަކަށް ވުމުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު މެނޭޖު ކުރާނެ އުސޫލުތައް ގާނޫނެއްގައި ލިޔެވިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ސޮވެރިން ޑިވެލޮޕްމެންޓާ ބެހޭ ގާނޫނެއް ހެދިފައި އޮތުމަކީ ވަރަށް މުހިންމުކަމެއްކަން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މި ފަންޑަށް ގާނޫނީ ރައްކާތެރިކަން ދޭން ޖެހެނީ ވެރިންގެ ލާނެއްކަން ހުންނަ މިންވަރުންކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އަޅުގަނޑުމެންގެ ނިމިދިޔަ ސަރުކާރުން، އެމްޑިޕީގެ ސަރުކާރުގަ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ 100 މިލިއަން ޑޮލަރު ރައްކާކޮށްފަ އޮތް ފަންޑެއް ހަމަ އިރު އަރާ އިރު އޮއްސުނު އިރު މިއޮތީ ތިމާގެ މީހުންނަށް، ގާތް ތިމާގެ މީހުންނަށް ބަދަލު ދިނުމުގެ ނަމުގައި ބަހާލާ ހުސްކޮށްލާފަ.

އެމްޑީޕީން ވެރިކަމާ ހަވާލުވީ އިރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި 100 މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި ނަމަވެސް ވެރިކަން ނިމުނު އިރު އެ ފަންޑުގައި ހުރީ 2.9 މިލިއަން ޑޮލަރުކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކުރި މަސައްކަތުން މިހާރު އެ ފަންޑުގައި 54 މިލިއަން ޑޮލަރު އެބަ ހުރި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު އެމްޑީޕީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ