މިހިނގާ އޮގަސްޓް މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލައް ސިޓީއިން މަސް ގަންނަން ފަށާނެ ކަމަށާއި، އޭގެ ފަހުން ދާއިމީކޮށް ފުވައްމުލަކުން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ދީފިއެވެ.
މި ޔަގީންކަން މިފްކޯއިން ދީފައިވަނީ މިފްކޯގެ ސީއީއޯ ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް ފަރުހާތު ޝަހީރު މި ހަފްތާގެ ތެރޭގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މީގެއިތުރުން، ފުވައްމުލަކުގެ އެއްގަމުގައި ހަދަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރުގެ ތެރޭގައި އޮޕަރޭޝަނަލައިޒްކޮށް، ފުވައްމުލަކު ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުރި މަސް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަންވެސް މިފްކޯއިން ވަނީ ދީފައެވެ.
ދައުލަތުގެ އެންމެ ބޮޑު މަސް ކުންފުނި ކަމުގައިވާ މިފްކޯއިން މިހާރު ވަނީ އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން ލަންކާގައި ޝޯރޫމެއް ހުޅުވުމަށް ދިރާސާތަކެއް ކުރަމުންނެވެ. ލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އޮތުމާއެކު، މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ، އޭގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިއަށް ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފުވައްމުލަށް ސިޓީ



