އެމްޕީއެލްއާ މިފްކޯ ގުޅިގެން ކުރެވިދާނެ ވިޔަފާރި ދަނެގަތުމަށް އެއްބަސްވުމެއްގަ ސޮއިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިގު މުއްދަތުގެ ސްޓެރެޓީޖިކް ޕާޓްނަޝިޕެއް ޤާއިމުކުރުމުގެ މަޤްސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ރަސްމިއްޔާތު ބާއްވައިފައި ވަނީ، މިއަދު މެންދުރު އެމްޕީއެލް ހެޑް އޮފީހުގަ އެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، (ޑ.ީސ.ީޕީ) ރިޓަޔަރޑް މުޙައްމަދު ރިޝްވާންއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރު އެވެ.

އެމްޕީއެލްއިން ބުނީ، މި ފަހުމުނާމާގެ މައިގަނޑު މަޤްސަދަކީ ދެ ކުންފުނިން ގުޅިގެން ކުރެވިދާނެ ފައިދާހުރި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށެވެ.

މީގެ އިތުރުން، މި ފަހުމުނާގެ ދަށުން ދެ ކުންފުންޏަށް ފައިދާހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށާއ،ި ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށާއ،ި މުވައްޒަފުންގެ ހުނަރާއި ޤާބިލު ކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ