ސަންޑަލެންޑް ބަލިކޮށް، ސިޓީން އާސެނަލް ބަލިވުމުގެ ފައިދާ ނަގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 3-0 ގެ ނަތީޖާއަކުން ސަންޑަލޭންޑް ބަލިކޮށް، މެންޗެސްޓާ ސިޓީން އާސެނަލް ބަލިވުމުގެ ފައިދާ ނަގައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި އާސެނަލް ވަނީ އެސްޓަން ވިލާ ކައިރިން 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. ރޭ ސަންޑަލެންޑުގެ މައްޗަށް ކުރިހޯދައި، ސިޓީން ވަނީ އެއްވަނައިގައި އޮތް އާސެނަލް އާ ދެ ޕޮއިންޓަށް ކައިރިކޮށްފައެވެ. އާސެނަލް އަށް 33 ޕޮއިންޓު ލިބިފައިވާއިރު ސިޓީއަށް ވަނީ 31 ޕޮއިންޓު ލިބިފަ އެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 31 ވަނަ މިނެޓުގައި ރުބެން ޑިއާސް ވަނީ ލަނޑެއް ޖަހައި ސިޓީއަށް ކުރިހޯދަދީފައެވެ. އޭރިއާ ބޭރުން ޑިއާސް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަނީ ސަންޑަލެންޑުގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.

ސިޓީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި ފިލް ފޯޑެން ނަގައިދިން ކޯނަރަކުން، ސިޓީގެ ދެވަނަ ލަނޑު ޖެހީ ޖޮސްކޯ ގްވާޑިއޯލް އެވެ.

ދެވަނަ ހާފު ފެށިގެން ސިޓީން ވަނީ ލީޑު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ފޯޑެން އާއި އާލިން ހާލަންޑަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެ ޓީމުން ތިންވަނަ ލަނޑު ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ރަޔަން ޗާކީ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ލަނޑު ޖެހީ ފޯޑެން އެވެ.

މި މެޗުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ސަންޑަލެންޑަށް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މެޗުގެ އިތުރު ވަގުތުގައި ސަންޑަލެންޑުގެ ލޫކް އޯ’ނީން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ