ރާއްޖެއިން އިތުރު ހަތަރު މީހަކަށް އެޗްއައިވީ ޖެހި، ޖުމްލަ އަދަދު 53 އަށް

Advertisement

އެންމެ ފަސް

Advertisement

މި އަހަރު ރާއްޖެއިން 4 މީހަކު ޗްއައިވީ އަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއީން ’ޖަވިޔަނި‘ އާއި ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއިން އެޗްއައިވީ އަށް ޕޮސިޓިވްވެފައިވަނީ 49 މީހަކު އެވެ. ނަމަވެސް މި އަހަރު ވަނީ އެ އަަދަދު 53 އަށް އުފުލިފަ އެވެ. އެހެންކަމުން ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން އަލަށް ބަލިޖެހިފައިވަނީ 4 މީހަކަށް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއިން އެޗްއައިވީ ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެ ތެރެއިން މިހާރު ފަރުވާ ހޯދަމުންދަނީ 36 މީހެއް ކަމަށް ވެސް އެ އޭޖެންސީ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެ އޭޖެންސީ އިން ބުނީ އެޗްއައިވީ އަށް ޕޮސިޓިވް ވި މީހުންގެ ތެރެއިން 16 މީހަކު ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.

މިއަދަކީ ދުނިޔޭގެ އެޗްއައިވީ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ ’ގޮންޖެހުންތަކުން އަރައިގަނެ، އެއިޑްސް އާ ދެކޮޅަށް މަސައްކަތް ކުރާ ގޮތް ބަދަލުކުރުން‘ މި އެވެ. ރާއްޖެއިން ވަނީ އެޗްއައިވީ ފެތުރުން ހުއްޓުވުމުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދަފަ އެވެ. އެގޮތުން މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، ”ޓްރިޕްލް އެލިމިނޭޓް“ ވި ދުނިޔޭގެ ފުރަތަމަ ޤައުމަކަށް ރާއްޖެ ވަނީ ވެފަ އެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ 2030 ވަނަ އަހަރަށް ދާއިރު، ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި ބަލިތަކާ ގުޅިގެން މީހުންނަށް ކުރާ އިހާނެތިކަން ނައްތާލައި، ކޮންމެ ފަރުދެއްގެ ޤަދަރާއި އިޙްތިރާމް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެޗްއައިވީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ