ނުރައްކާތެރިކޮށް ދުއްވާ މީހުން 20 އަހަރަށް ޖަލަށް ލެވޭގޮތަށް ގާނޫނަށް ބަދަލު ގެންނަނީ

Advertisement

އެންމެ ފަސް

Advertisement

ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ކުށްކުރި މީހާ 20 އަހަރަށް ޖަަލަށް ލެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަލުން އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި އެ ބިލުގެ ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅީ ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާމިން ހަބީބް އެވެ. ހަބީބް ހުށަހެޅި އެ ބިލުގައި ބުނެފައި ވަނީ، (88) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ”އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ފަރުވާކުޑަކޮށް، ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ“ ޖިނާއީ ކުށެއް ކަމަށެވެ.

ބިލުގައި ހިމެނޭ އަދަބުތައް:

  • މަރުވުން: 88 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ، ކުށްކުރި މީހާ 20 އަހަރަށް ޖަލަށް ލެވޭނެ.

  • ބޮޑު އަނިޔާ ލިބުން: އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ހުށަހަޅާފައިވޭ.

  • ބޮޑު އަނިޔާއަކަށް ނުވާ އަނިޔާ: ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކަށް ލިބޭ އަނިޔާ ބޮޑު އަނިޔާއަކަށް ނުވި ނަމަވެސް، ކުށްކުރާ މީހާ ފަސް އަހަރު ދުވަހާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ.

މީގެ އިތުރުން އެހެން ފަރާތަކާ އުޅަނދުގެ ކޮންޓްރޯލް ހަވާލުކުރުމުގެ ސަބަބުން ހިނގާ ހާދިސާއެއްގައި މީހަކު މަރުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް ބިލުގައި ކުށާއި އަދަބު ވަނީ ކަނޑައަޅައިފަ އެވެ. އަަދި އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަށް ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުން ވެސް ވަނީ ހިމަނައިފަ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނަގައި ނުރައްކާތެރިކޮށް، ނުވަތަ ފަރުވާކުޑަކޮށް، ދުއްވުމަކީ ޖިނާއީ ކުށެއް ކަމަކަށް ބަޔާންކޮށްފައެއް ނުވެ އެވެ. އެހެންވެ އެފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ކުޑަ ޖޫރިމަނާއެއްކުރުން ފިޔަވައި، އެހެން އަދަބެއް ނުދެވެ އެވެ.

ރައްޔިތުންގެ މަޖިލިސް އެކްސިޑެންޓް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ