މައިކުތަކަށް ގެއްލުންދިން މައްސަލައިގައި 4 މެންބަރެއްގެ އަތުން އަގުނަގަނީ

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަދި މަޖިލީހުގެ ކޮމިޓީއެއްގައި މައިކަށް ގެއްލުންދިން މައްސަލައިގައި ހަތަރު މެންބަރެއްގެ އަތުން ބަދަލު ނެގުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ސުލޫކީ ކޮމިޓީގައި ވަނީ މަޖިލީހުގެ ޖަލްސާއެއްގައި އަދި ކޮމިޓީއެއްގައި މައިކުތަކަށް ގެއްލުން ދިން މައްސަލައިގައި ގޮތެއް ނިންމާފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވަޒީރުންނާ ސުވާލުކުރުން ކުރިއަށްދަނިކޮށް ހިނގި ހަމަނުޖެހުމެއްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ޕީއެންސީ ޕީޖީ ލީޑަރު އިބްރާޙިމް ފަލާހުގެ މައިކަށް ގެއްލުންދީފަ އެވެ. މި މައްސަލައިގައި ކޮމިޓީން ނިންމީ މެންބަރު ޝަމްހީދުގެ އަތުން ބަދަލުނެގުމަށެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މީޑިއާ ބިލްގެ މަސައްކަތް ކުރިއަށްދަނިކޮށް މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ވަނީ ކޮމިޓީގެ މައިކަކަށްވެސް ގެއްލުން ލިބިފަ އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިނގި ހަމަނުޖެހުމުގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ގެއްލުން ލިބިފައިވެ އެވެ. މިކަމުގައި މައިކުގެ އަގު އަދި އެކަމަށް ހިނގި ހަރަދު ނެގުމަށް ނިންމީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް (ޕީއެންސީ)، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (އެމްޑީޕީ) އަދި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު (އެމްޑީޕީ)ގެ އަތުންނެވެ.

ސެޕްޓެމްބަރު 15 ދުވަހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ހޫނުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ފާސް ކުރަން މަސައްކަތް ކުރި ވަގުތު އެވެ.

އެވަގުތު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވަނީ އެތަނުގައި ހުރި މައިކެއް ބޭނުންކޮށްގެން ވާހަކަ ދައްކަން މަސައްކަތްކޮށްފަ އެވެ. ދެން ފެނިގެން ދިޔައީ މެންބަރު އިމްރާން އެ މައިކުގައި ހިފުމުން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރުވެސް މައިކުގައި ހިފި މަންޒަރެވެ. އަދި އެ ދެ މެންބަރުން ވަނީ އެ މައިކަށް ދަމާފަ އެވެ. މައިކު ލުހިގެން އައީ މެންބަރު އިމްރާންގެ އަތަށެވެ.

ރައްޔިތުންގެ މަޖިލިސް އިމްތިޔާޒާއި ސުލޫކު ކޮމިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ