ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިއީ ހުޅަނގު މޫސުމުގެ ވިއްސާރައެކެވެ. މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށާއި، ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރައްޖޭގެ މޫސުން ލަފާކުރާގޮތް:
-
އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަވުމުގެ ފުރުސަތު ބޮޑު.
-
ވައިގެ ބާރުމިން:
-
އުތުރު: ގަޑިއަކު 5-15 މޭލު (ހުޅަނގު/ހުޅަނގު އުތުރުން).
-
އެހެން ހިސާބުތައް: ގަޑިއަކު 8-18 މޭލު (ހުޅަނގުދެކުނު/ހުޅަނގުން).
-
-
ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ.
-
ވައި ގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ.
ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މެޓް އޮފީހުން ވަނީ ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ޚާއްސަކޮށް، ކުރިއަށް އޮތް ތިން ދުވަހަކީ ވައި ގަދަވެ، ކަނޑު ދަތުރުފަތުރުކުރުމަށް ދަތިތަކާ ކުރިމަތިވެދާނެ ދުވަސްތަކެއް ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓުން އިރުޝާދު ދެއެވެ.
