35 މަސް ތެރޭ މަސައްކަތް ފަށަންޖެހޭގޮތަށް އުތުރުގެ ތިން އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ފަޅުގައި ޓޫރިސްޓު ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލާފައިވަނީ ހއ، ހދ. ށ. އަދި ލ. އަތޮޅުންނެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ފަޅުތަކަކީ ވަރަށް ބޮޑެތި ފަޅުތަކެކެވެ.
ބީލަމަށް ހުޅުވާލެވުނު ރަށްރަށް/ފަޅުތައް:
ހއ. އަތޮޅު:
- ހއ. މާދުނި ފަރު 1 – 200 ހެކްޓަރު
- ހއ. މާދުނި ފަރު 2 – 200 ހެކްޓަރު
- ހއ. މާދުނި ފަރު 3 – 200 ހެކްޓަރު
- ހއ. ކެލާ ފަޅު 1 – 156.2 ހެކްޓަރު
- ހއ. ކެލާ ފަޅު 2 – 169.3 ހެކްޓަރު
ހދ. އަތޮޅު:
- ހދ. މަކުނުދޫ ފަރު 1 – 200 ހެކްޓަރު
- ހދ. މަކުނުދޫ ފަރު 2 – 200 ހެކްޓަރު
- ހދ. މާފަރު ފަރު 1 – 200 ހެކްޓަރު
- ހދ. މާފަރު ފަރު 2 – 200 ހެކްޓަރު
- ހދ. މާފަރު ފަރު 3 – 200 ހެކްޓަރު
ށ. އަތޮޅު:
- ށ. ގޮނާ ފަރު 1 – 200 ހެކްޓަރު
- ށ. ގޮނާ ފަރު 2 – 200 ހެކްޓަރު
- ށ. ގޮނާ ފަރު 3 – 200 ހެކްޓަރު
މީގެ އިތުރުން، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީ ކުރުމަށް ވެސް ފަސް ތަނެއް ވަނީ އިއުލާންކޮށްފަ އެވެ. އެ ތަންތަނަކީ:
- ހއ. ބީނާފުށި (2.21 ހެކްޓަރު) އަދި ކަނޑާލިފިނޮޅު (5.05 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 1 – 200 ހެކްޓަރު
- ށ. ފުރިފަރު – 4.34 ހެކްޓަރު
- ލ. ފޮނަގާދޫ – 8.18 ހެކްޓަރު
މިނިސްޓްރީގެ އިއުލާންގައިވާގޮތުން މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރެވޭތާ 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހޭނެ އެވެ. އަދި މި ފަޅުތައް ފަތުރުވެރިކަމަށް ދޫކުރާނީ ވަރަށް ގިނަ ލުއިތަކާއެކު އެވެ.
އެ ތަންތަން ތަރައްޤީކުރާ ކުންފުނިތަކަށް ލިބޭ ބައެއް ލުއިތައް:
-
ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ %15 އާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުން.
-
ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ތިރީގައިވާ ތަކެތިން ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުން:
-
ފަރުނީޗަރު
-
ކިޗަން އެޕްލައިންސްސަސް
-
އިލެކްޓްރޯނިކް ސާމާނު
-
އެހެނިހެން ސާމާނު
-
މި ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތައް ވާޗުއަލްކޮށް 9 ޑިސެމްބަރު އަދި 6 ޖެނުއަރީގެ ހެނދުނު 9 ޖަހާއިރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބީލަން ފޮތް ދޫކުރާނީ 23 ނޮވެމްބަރުން 2 ފެބްރުއަރީގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީންނެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 3 ފެބްރުއަރީގެ ހެނދުނު 9 ޖަހާއިރު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން
