ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރަށް

Advertisement

އެންމެ ފަސް

Advertisement

ސެލޫނެއް ބަލައިފާސްކޮށް ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ބަލައި ފާސްކޮށްފައިވަނީ ހ. އަރިހިޔާ ގޭގައި ހިންގަމުންދާ ޕީސް ސެލޫން އެންޑް ސްޕާ ނަމަކަށް ކިޔާ ސެލޫނެކެވެ. އަދި މި ސެލޫން ބަލައި ފާސްކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ގައި ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ސެލޫން ބަލައި ފާސްކޮށް ހައްޔަރު ކުރި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.

މި ހަތަރު މީހުން ވެސް ތިރީސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހަށި ވިއްކުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ