އެންމެ ލަސްވެގެން ފެބްރުއަރީ މަހު މާލެއިން ފެންވަރު ރަނގަޅު ޓެކްސީގެ ހިދުމަތް ލިބޭނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި މާލެއިން ފެންވަރު ރަނގަޅު ޓެކްސީގެ ހިދުމަތް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ، ސަރުކާރަށް ދެ އަހަރުގެ ފުރުމުގެ މުނާސަބަތުގައި މިރޭ ސޯޝިއަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުވުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެފެކްޓިވް އަދި މޮޑާން ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

”ފެބްރުއަރީ މަސް ފެށޭއިރުގައި މާލޭގައި ޒާމާނީ ވަރަށް ފެންވަރު ރަނގަޅު ޓެކްސީ ސާވިސްއެއް ފަށާނަން، ޓެކްސީ ޑްރައިވަރުން ބާކީއެއް ނުވާނެ، އެ ޑްރައިވަރުން ވެސް އެ ޕްރޮގްރާމްގެ ތެރެއަށް ވަންނާނެ، ވަދެގެން އެބޭފުޅުންނަށް ފިކްސްޑް އިންކަމް ލިބިގެންދާނެ.“

މީގެ އިތުރުން، އެއާޕޯޓްތައް އަޅަމުންދާ ކަމަށާއި، އާރްޓީއެލްގެ ހިދުމަތް ގާއިމްކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން، އެމަނިކުފާނު މި ސަރުކާރާއި ހަވާލުވި ފަހުން މިއަދާއި ހަމައަށް އައިރު ހަތަރު އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވާ ކަމަށާއި، އެމަނިކުފާނު ވައުދުވެވަޑައިގެން ގޮތަށް ހުރިހާ އަތޮޅަކަށް އާރްޓީއެލް ހިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ