2028 ރައީސް މުއިއްޒުއަށް ކާމިޔާބުކޮށްދީ، ރައްޔިތުން ބޭނުންވާ ތަރަށްގީ ހޯދައިދޭނަން: ނައިފަރު ކައުންސިލްގެ ރައީސް

Advertisement

އެންމެ ފަސް

Advertisement

ފޫގަޅައިގެން މިތިބާ 2028 ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކާމިޔާބުކޮށްދީ ރައްޔިތުން ބޭނުންވާ ތަރަށްގީ ރައްޔިތުންނަށް ހޯދައިދޭން ކަމަށް ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިހެން ވިދާޅުވެފައިވަނީ ކޮންގުރެސް ޕާޓީއިން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެ ޕާޓީގެ ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، މިރޭގެ ޖަލްސާއަށް އެހާ ގިނަ އަދަދަކަށް ރައްޔިތުން އެއްވުމުން އެހެން ސިޔާސީ ޕާޓީއެއްގެ ބޭނުމެއް ނެތް ކަމަށާއި، ދެން ރައީސް ކަމަށް ލުމުގެ ވިސްނުންވެސް ގެންގުޅުއްވާނެ ކަމެއް ނެތް ކަމަށެވެ.

”ކޮން ބޭކާރު މަސައްކަތެއްހޭ ކުރާކަށް މިުއަދު ރައްޔިތުން މިތިބީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވާތީވެ މިތަނަށް އައިސް، ބިންތަށް އެހެރަ ހިކެނީ އޭ މަގުތަކުގަ އެހެރަ ގަ ޖަހައި ނިންމަނީއޭ، ރަށްޔިރުން ބޭނުންވަނީ މިކަމެއް ނޫންތޯ.“

ބޯހިޔާވެހިކަމަށް ބޭނުންވާ ބިން ހިއްކައިގެން ރައީސް މުއިއްޒު އެ އަންނަނީ ރައްޔިތުންނަށް ބޯހިޔާވެހިކަން ދެމުން ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ދެން ފަހަތަކަށް ބަލާނެ ކަމެއް ނެތް ކަމަށާއި، އެހެން ސަރުކާރުތަކަކަށް މިކަމެއް ނުވާނެ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ތައްރަށްގީ އެބަފެނޭ، އަތްލެވޭ، ތަރަށްގީގެ އިހިސާސް އެބަ ކުރެވޭ، އޭގެ އުފާވެރިކަން އެބަލިބޭ، އެހެންނޫންތޯ، ދެންނެތޭ އިތުރު ވެރިއެއް ދާނެ އިތުރު ދިމާއެއް ނެތޭ.“

މުހައްމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްޔިތުން، އިސްރަށްވެހިން އަދު ޒުވާނުން އެދޭ ތަރަށްގީ ފެންނާނީ އަދި ދެންވެސް އިތުރަށް ތަރަށްގީ ކުރިޔަށްގެންދެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިއެކު މަސައްކަތް ކޮށްގެން ކަމަށާއި، އެ ނޫން ގޮތެއް ނެތް ކަމަށެވެ.

”ދެން ތިބީ އެދުމާއިގެން ދެފޭތަޅާ މީހުން ނެތްދެން އެހެން ކަމެއް، ތެޅެގެންފޫ ނިކަން ސާބިތުވެ މިހުރީ ވާގިލޭފޭ ދެފަޅިން ޖަހޭފޭ ދާން ދެހާހުން އަށާވީސް މަނިކުފާނާއެކު ދެފޭ އެއްކޮށް ނަގައިފައިދާން، އެހެންނޫންތޯ، ދާނަމޭ ވަރަށް ސާބިތިވެ މިތިބީ ދާން މިގަޅައިފައި ހުރިފޫ މޮހޭލުމުގެ ވިސްނުމެއްނެތް.“

މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ، މި ފޫގަޅައިގެން މިތިބާ 2028 ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކާމިޔާބުކޮށްދީ ރައްޔިތުން ބޭނުންވާ ތަރަށްގީ ރައްޔިތުންނަށް ހޯދައިދޭން ކަމަށެވެ.

ކޮންގްރެސް ޕާޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ