މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް އައިބީއެމްއިން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

Advertisement

އެންމެ ފަސް

Advertisement

އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އިން ކުންފުނީގެ މުވައްޒަފުންގެ މެދުގައި ޓީމް ބިލްޑިންގ ވަރުގަދަކުރުމާއި، އޮފީހުގެ މުޢާމަލާތްތައް ހަރުދަނާކުރުމަށް އަމާޒުކޮށްގެން މުހިންމު ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ލަރނިންގ އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ދެ ތަޖުރިބާކާރު ފެސިލިޓޭޓަރުން ކަމަށްވާ މެކްވީން އިންޓަރނޭޝަނަލްގެ ހަސަން ޝަމާން އާއި މުޙައްމަދު އާލިމް އެވެ.

މި ސެޝަން އަކީ ވަރަށް ފުރިހަމަ އަދި ޝައުޤުވެރި ސެޝަންއެއްކަމަށް އައިބީއެމްއިން ބުނެ އެވެ. އެގޮތުން ޕްރޮގްރާމްގެ ތެރެއިން ވަޒީފާގެ މާހައުލުގައި މުޢާމަލާތްތައް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެވި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުރަސްއެޅޭ އާންމު ދަތިތައް ދެނެގަތުމުގެ މުހިންމުކަންވެސް ފާހަގަކުރި އެވެ. ތަފާތު ހަރަކާތްތަކުގެ ތެރެއިން، މުޢާމަލާތުގެ މި ދަތިތައް ނައްތާލައި، އިތުރަށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ބޭނުންވާ ޢަމަލީ އާލާތްތަކާއި ސްޓްރެޓެޖީތައް މުވައްޒަފުންނަށް ދަސްކޮށްދެވުނެވެ.

މި ތަމްރީނު ޕްރޮގްރާމުގައި އިސްކޮށް ހަރަކާތްތެރިވި ހަސަން ޝަމާން އާއި މުޙައްމަދު އާލިމް އަށް އައިބީއެމް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ. ކުންފުނީގެ މުވައްޒަފުންގެ ފަންނީ ކުރިއެރުވުމާއި ޓީމުގެ ކުރިއެރުވުމަށް އެ ދެ ބޭފުޅުން ދެއްވި އަހައްމިއްޔަތުކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް އައިބީއެމް އިން ބުނެ އެވެ.

އައިލެންޑް ބެވަރޭޖް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ