ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާގޮތް މޮނިޓާ ކުރުމަށް ރަށްރަށުގައި ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ގިނަ ރަށްރަށުގައި ބާރު ސްޕީޑްގައި ކުރިއަށް ދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާގޮތް މޮނިޓާ ކުރުމަށް ރަށްރަށުގައި ކޮމިޓީތައް އެކުލަވައިލުމުގެ ބޭނުންތެރިކަން ފެނިވަޑައިގަންނަވަމުން ދާކަމަށް ވެސް ވިދާޅުވި އެވެ.
”މި މަސައްކަތް ގާތުން މޮނިޓަރ ކުރުމަށްޓަކައި ރަށުގެ އެކި ފަރާތްތައް ހިމެނޭގޮތުން އެކުލަވާލެވޭ ކޮމިޓީގެ ބޭނުންތެރިކަން ދަނީ ފެންނަމުން. ރަށު ކައުންސިލް މެދުވެރިކޮށް ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްއެބަގެންދަން.“ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިދާރާގެ އުމްރާނީ މަސައްކަތާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަމާއި، ހައްލު ކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން 9108899 އަށް ގުޅުއްވުމުން ހައްލު ހޯދުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ރަށްރަށުގައި ބާވެފައިވާ އިމާރާތްތަކުގައި ކައުންސިލް އިދާރާ ހިންގުން ނިންމުމަކަށް ގެންނެވުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން މިނިސްޓަރު ވަނީ ގިން ރަށްތަކެއްގައި ކައުންސިލް އިދާރާތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފަ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
