ލޯންޗެއް ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށް ބަންދަށް

Advertisement

އެންމެ ފަސް

Advertisement

ތިލަފުށީ ފަޅުތެރޭގައި އޮތް ސްޕީޑް ލޯންޗެއް ވަގަށްނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރު އަދި 30 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

މި ދެ މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއްދީފަ އެވެ.

ކްރިމިނަލް ކޯޓުން މި ދެމީހުން ބަންދުކުރުމަށް އަމަރުކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައިގައި ތިލަފުށީ ފަޅު ތެރޭގައި އޮތް ސްޕީޑް ލޯންޗެއް ވަގަށްނެގުމަށްފަހު ގެއްލުންދީ، އިންޖީނު ގިއަރެއް ވަގަށްނެގިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މި ދެމީހުންގެވެސް ބަންދު މަޖިލީހުގައި ވަނީ ކުށަށް އިއުތިރާފުވެ ކުށްކުރެވުނީތީ ހިތާމަކުރާކަމަށް ބުނެފަ އެވެ.

ކްރިމިނަލް ކޯޓު ވައްކަމާއި ފޭރުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ