އައިޑީކާޑު ޕްރިންޓު ކުރުމުގު ހިދުކަތް ހދ.ހަނިމާދޫގައި ފަށައިފި އެވެ.
ހަނިމާދޫގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ގާއިމުކޮށްފައިވަނީ، އެކަމަށް އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންތާ 39 ދުވަހުގެ ތެރޭގަ އެވެ.
މި ޚިދުމަތް ފެށުމާއެކު ހަނިމާދޫގެ ރައްޔިތުންނަށް އެމީހުންގެ އައިޑީ ކާޑު ސީދާ އެ ރަށުން ލިބޭނެ އެވެ. މިއީ ރާއްޖޭގައި މިޚިދުމަތް ޤާއިމުކުރެވުނު 34 ވަނަ ރަށެވެ.
ހަނިމާދޫގައި މި ހިދުމަތް ގާއިމުކޮށްފައިވަނީ، ކޮންމެއަތޮޅެއްގެ މަދުވެގެން އެއް ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތްޤާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުގެ ތެރެއިންނެވެ.
އައިޑީކާޑް ޕްރިންޓް ކުރުމުގެ ހިދުމަތް ތ.ވިލުފުށި އަދި ވޭމަންޑޫގައި ވަނީ ފަށާފަ އެވެ. އދ. އަތޮޅުގައި މަހިބަދޫގައި މި އަހަރުގެ ކުރީކޮޅު މި ހިދުމަތް ފަށާފައިވާއިރު ގުރައިދޫ އަދި މާމިގިލީގައި މި މަހުގެ ފަހުކޮޅު މި ޚިދުމަތް ފެށޭނެ އެވެ. އަދި ތިމަރަފުށީގައި މި މަހުގެ ނިޔަލަށް މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވެ އެވެ.
ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް2، އަދި ވިލިމާލޭގައި އޮފީސް ޤާއިމުކޮށްފައިވާތީ މި ހިދުމަތް އެ ސަރަހައްދުތަކުން ވެސް ލިބޭނެ އެވެ. މީގެ އިތުރުން މި އަހަރު މެލޭޝިއާގައިވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ތައާރަފުކޮށްފައިވެ އެވެ.
ހދ. ހަނިމާދޫ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)
