ހުޅުމާލެ އިވެންޓު ބޭއްވުމަށް ސްޓޯލް ގަންނައިރު ސަމާލުވުމަށް އެޗްޑީސީ އިން އިލްތިމާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި އެކި އިވެންޓު ނުވަތަ ފެއާ ބޭއްވުމަށް ސްޓޯލް ބެހެއްޓުމަށް ސްޓޯލް ގަންނަ އިރު އެ އިވެންޓެއް ނުވަތަ ފެއާއެއް ބާއްވާ ފަރާތްތަކަކީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ހޯދާފައިވާ ފަރާތްތަކެއްކަން ޔަގީން ކުރުމަށް އިލްތިމާސް ކޮށްފި އެވެ.

އެޗްޑީސީ އިން މިފަދައިން އިލްތިމާސްކޮށްފައިވަނީ އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ ކޯޕަރޭޝަނުން ބުނެފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު ނުވަތަ ފެއާ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނެގުމަކާ ނުލައި ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެން ކަމުން އެ ކޯޕަރޭޝަންގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަން ގެ ނަންބަރު 3356112 އަށް ގުޅައި އެ އިވެންޓެއް ބާއްވަނީ އެޗްޑީސީގެ ހުއްދަ ނަގައިގެންތޯ ޔަގީން ކުރުމަށް އިލްތިމާސް ކުރާ ކަމަށް ބުނެފައިވެ އެވެ.

އެ ކޯޕަރޭޝަންގެ ހުއްދަ ނެތި އިވެންޓުތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި، ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމުގެ ސަބަބުމް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި އަހަރުގެ މެއި މަހު އާންމު ކުރި އިއުލާނުން ހުޅުމާލޭގައި ފެއާ ނުވަތަ ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހއްދު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ