ހުޅުމާލެ ސްވިމިން ޓްރެކް ގޮނޑުދޮށުން ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 1 ސްވިމިން ޓްރެކް ސަރަހައްދުގެ ގޮނޑުދޮށުން އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

އެޗްޑީސީން ބުނެފައިވަނީ ހުޅުމާލެ ގޮނޑުދޮށުން ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ 22 ސެޕްޓެމްބަރު 2025 ގައި ކަމަށެވެ.

މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށާއި މި ސަރަަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މަޝްރޫއުގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ވިޔަފާރިތަކުންނާއި އާންމުން ބަހައްޓާފައިވާ ތަކެތި ނެގުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

މަސައްކަތް ކުރިއަށްގެންދާ ސަރަހައްދު

އެޗްޑީސީން ވަނީ މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި މި ސަރަހައްދަށް އާންމުން ވަދެ އުޅުމަނީ ރައްކާތެރިކަމަށް ނުވާނެތީ، މި ސަރަހައްދަށް އާންމުން ނުވަނުމަށް އިސްތިމާސް ކޮށްފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ