”އިލްޒާމް“ ގެ ޓިކެޓު ހޮނިހިރު ދުވަހު 2 ޖަހާއިރު ވިއްކަން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ދިވެހި ފިލްމު ”އިލްޒާމް“ ގެ ޓިކެޓު ހޮނިހިރު ދުވަހު ވިއްކަން ފަށާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ.

”ޖަވިޔަނި“ އަށް މައުލޫމާތުދެމުން ޔޫއްޕެ ބުނެފައިވަނީ، ދިވެހި ފިލްމް އިލްޒާމްއަކީ ދެކެދެކެ ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަންއާއި ގުޅިގެން ދެފަރާތުން ޕްރިޑިއުސްކޮށް ހަދާ ފިލްމެކެވެ. މި ފިލްމަކީ ދިވެހި މުޖުތަމަޢުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމަޢުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފިލްމެކެވެ. ޚާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމް އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށްވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގެ ޓިކެޓް ބުކިން އަށް މިހާރުވަނީ ހުޅުވާލާފަ އެވެ. ޓިކެޓް ވިއްކުމަށް ހަމަ ޖެހިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން 16:00 އާ ހަމައަށެވެ. ޓިކެޓް ވިއްކާނީ ގަލޮޅު ދަނޑު ކަންމަތީގައެވެ.

ޓިކެޓް ބުކިން އަށް ހުޅުވާލާފައިވާއިރު ފުރަތަމަ ޝޯގެ ބުކިން އަށް ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ކުރިން ޓިކެޓު ނުނަގާނަމަ ކެންސަލްވާނެ ކަމަށާއި އެއީ ގިނަ ބަޔަކު ޓިކެޓް ރިޒާމްކޮށްފައިވުމުން ވީހައިވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މައުލޫމާތުދީފައިވެ އެވެ. ޓިކެޓް ދޫކުރަން ފެށުމާއެކު ފުރަތަމަ 7 ޝޯ ގެ ޓިކެޓް ދޫކުރަން އެދުވަހު ފަށާނެކަމަށް ވެސް ބުނެފައިވެ އެވެ.

”އިލްޒާމް“ ފިލްމުން އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، ޖުމައްޔިލް ފަދަ ތަރިން ފެނިގެންދާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ