މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މި ގޮތުން އެމްޕީއެލްގެ ހެޑް އޮފީހުގައި އެންމެ ފުރަތަމަ ބޭއްވި ކޭކް ފެޅުމުގެ ހަފްލާގައި އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނާއި، މެނޭޖްމަންޓްގެ އިސް ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ހެނދުނު ނާސްތާއެއްވެސް ވަނީ ބާއްވާފަ އެވެ. މި ހަރަކާތުގައި ޕޯޓުގެ މަސައްކަތްތެރިންނާއި، ލޯރީ ޑްރައިވަރުންނާއި ކްލިއަރިންގ ގްރޫޕްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްޕީއެލްގެ ތާރީޚަށް ބަލާއިރު، މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ރަސްމީކޮށް ފެށިފައިވަނީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މި ޚިދުމަތް ފެށިފައިވަނީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގަ އެވެ.
2008 ވަނަ އަހަރު އެމްޕީއޭ ކުންފުންޏަކަށް ބަދަލުކުރުމާ ގުޅިގެން، އޭގެ ފަހުން ޚިދުމަތްތައް ދެމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ނަމުގަ އެވެ. މިއަދާ ހަމައަށް އައިއިރު، އެމްޕީއެލްއަކީ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏެވެ.
އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)