މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ފެމެލީ މިނިސްޓްރީއާއި ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްޕީއެލް އިން ބުނީ، މި ފަހުމުނާމާގެ ސަބަބުން، މި ފަރާތްތަކަށް މަސައްކަތުގެ މާޙައުލުގައި ތަޖުރިބާ ހޯދުމާއި، ވަޒީފާގެ ދާއިމީ ފުރުސަތުތައް ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި އެމްއޯޔޫގެ މަގްސަދަކީ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެމްޕީއެލްއިން ބުނެފައިވެ އެވެ.
އެމްޕީއެލް އިން ދަނީ އިޖުތިމާއީ ކަންކަމުގައި އެހީތެރިވެދިނުމަށްޓަކައި އެކި ވުޒާރާތަކާއެކު އެއްބަސްވުންތައް ހަދަމުންނެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)