މިފްކޯ އިން ފުވައްމުލައް ސިޓީއިން މަސް ގަންނަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީއިން މަސް ގަންނަން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ އިއްޔެ އިން ފެށިގެން ފުވައްމުލައް ސިޓީ ބަނދަރުން މިފްކޯ އިން މަސް ގަންނަމުންދާނެ ކަމަށެވެ.

މިމަހުގެ ތެރޭގައި ފުވައްމުލައް ސިޓީއިން މަސް ގަންނަން ފަށާނެކަމަށް މިފްކޯގެ ސީއީއޯ ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް ފަރުހާތު ޝަހީރު ދެއްވީ މިމަހުގެ 13 ވަނަ ދުވަހު އެ ސިޓީގެ ސިޓީ ކައުންސިލްއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މީގެއިތުރުން، ފުވައްމުލަކުގެ އެއްގަމުގައި ހަދަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރުގެ ތެރޭގައި އޮޕަރޭޝަނަލައިޒްކޮށް، ފުވައްމުލަކު ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުރި މަސް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަންވެސް މިފްކޯއިން ވަނީ ދީފައެވެ.

ދައުލަތުގެ އެންމެ ބޮޑު މަސް ކުންފުނި ކަމުގައިވާ މިފްކޯއިން މިހާރު ވަނީ އެ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ގޮތުން ލަންކާގައި ޝޯރޫމެއް ހުޅުވުމަށް ދިރާސާތަކެއް ކުރަމުންނެވެ. ލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އޮތުމާއެކު، މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ، އޭގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިއަށް ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފުވައްމުލަށް ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ