ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އެމްޓީސީސީއަށް

Advertisement

އެންމެ ފަސް

Advertisement

ހދ. ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 82.64 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން، 7 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 619 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 45 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް އެވެ.

މި މަސައްކަތް ނިމުމުން ނައިވާދޫގެ ރައްޔިތުންނަށް، ބޯހިޔަވަހިކަމަށް ގޯތިގެދޮރު އިމާރާތް ކުރުމަށާއި އިޤްތިސާދީ އަދި ސިނާއީ މަސައްކަތްތަކަށް ޖާގަ ތަނަވަސް ބޮޑު ބިމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

ހދ. ނައިވާދޫ ބިން ހިއްކުން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ