ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

Advertisement

އެންމެ ފަސް

Advertisement

ކ. ތިލަފުށީ އޭރިއާ އީ ގެ ފަޅުތެރެ ސާފްކުރުމަށް އެ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުތައް ނަގަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑިސީއިން ކުރި އިއުލަނެއްގައި ބުނެފައި ވަނީ ތިލަފުށީ އޭރިއާ އީ ގެ ފަޅުތެރެ ސާފްކުރުމަށް، އެ ސަރަހައްދުގައި އަޅަފައިވާ އުޅަނދުތައް ނަގައި، އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، އޭރިއާ އީގެ ސަރަހައްދުގައި އަޅަފައިވާ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއްވާނަމަ، އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފުލުރުމަށްވެސް އެ ކޯޕަރޭޝަނުން އެދިފައިވެ އެވެ.

އެޗްޑީސީއިން ބުނީ، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ނެގުމަށް އެދޭކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް އެ ސަރަހައްދުން ނުނަގައިފިނަމަ އެ ސަރަހައްދުން އުޅަނދުތައް ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން އެއްވެސް އުޅަނދަކަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.

އެޗްޑީސީއިން ވަނީ، އެފަދަ ކަންކަމުގައި ޢާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަންއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ތިލަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ