ފުވައްމުލަކު ސިޓީގެ މަސް ޕްރޮސެސިން ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ފުވައްމުލަކު ސިޓީގެ މަސް ޕްރޮސެސިން ފެސިލިޓީ މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިކަމާއެކު ބަންދުކުރެވިފައިވާ މަހުގެ އުފެއްދުންތައް އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދެވޭނެއެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީއިން މަސް ގަންނަން ފެށުމަށްފަހު، ދާއިމީކޮށް އެ ސިޓީން މަސްގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މިފްކޯގެ ސީއީއޯ ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް ފަރުހަތު ޝަހީރު މި ހަފްތާގެ ތެރޭގައި ފުވައްމުލަކަށް ޚާއްސަ ދަތުރެއް ކުރެއްވިއެވެ. މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމެއްގައި މަޝްރޫޢުގެ ތަފްސީލުތައް ހިއްސާކުރެވުނެވެ.

މީގެއިތުރުން، މިފްކޯ އިން ބުނި ގޮތުގައި ފުވައްމުލަކުގެ އެއްގަމުގައި ޤާއިމުކުރަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ނިންމައި، އޮޕަރޭޝަނަލް ކުރެވޭނެއެވެ. މި މަރުކަޒު ހިންގަން ފެށުމުން ފުވައްމުލަކު ރައްޔިތުންނަށް ޕްރޮސެސްކޮށްފައިވާ މަސް ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫޢަކީ ފުވައްމުލަކު ސިޓީގެ މަސްވެރިކަމުގެ ސިނާއަތަށް އައު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ބެލެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސިޓީގެ މަސްވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފުވައްމުލަށް ސިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ