ޑިއާޒްގެ ލަނޑާއެކު ސްޓަޓްގާޓް ބަލިކޮށް، ބަޔާނުން ޖާމަން ސުޕަ ކަޕް ކާމިޔާބުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މި ސީޒަނުގައި ބަޔާން މިޔުނިކާ އަލަށް ގުޅުނު ލުއިސް ޑިއާޒްގެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ސްޓަޓްގާޓް ބަލިކޮށް، ބަޔާން މިޔުނިކުން ޖާމަން ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

ރޭގެ މެޗު ފެށިގެން 18 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހައި ބަޔާން އަށް ކުރިހޯދަދީފަ އެވެ. މިއާއެކު އެ ޓީމުން ފުރަތަމަ ހާފި ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 77 ވަނަ މިނެޓުގައި ޑިއާޒް ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފަ އެވެ. އެއީ މި ހޫނުމޫސުމުގައި 65.5 މިލިއަން ޕައުންޑަށް ލިވަޕޫލުން ބަޔާނަށް ބަދަލުވި ފަހުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ. އޭނާގެ ލަނޑު ހާއްސަކުރީ ދާދި ފަހުން އެކްސިޑެންޓެއްގައި މަރުވި، ޑިއޯގޯ ޖޮޓާ އަށެވެ.

މެޗުގެ އިތުރު ވަގުތުގައި ޖެމީ ލެވެލިން ވަނީ ސްޓަޓްގާޓަށް ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް، މެޗު ނިމުމުގެ ކުރިން އެ ޓީމަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

ބަޔާނުން ވަނީ 11 ފަހަރު ސުޕަ ކަޕް ކާމިޔާބުކޮށް، ރެކޯޑު ހަދާފަ އެވެ. މީގެއިތުރުން، މިއީ ކޭން އަށް ލިބުނު ދެވަނަ ތަށްޓެވެ. މިދިޔަ ސީޒަނުގައި ބަޔާނުން ވަނީ ޖަރުމަނު ލީގު ކާމިޔާބުކޮށްފަ އެވެ.

ބަޔާން މިޔުނިކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ