ފޭކް ސްލިޕުން ވިޔަފާރި ކުރުމުގެ އެތަށް ތުހުމަތެއް އޮތް ޒައިދާން ދޫކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެތައް ލައްކަ ރުފިޔާއެއްގެ މުދާ ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ދެ މީހަކު ދޫކޮށްލައިފި އެވެ.

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން އެކި ފިހާރަތަކުން މުދާ ގަތުމުގެ މައްސަލައިގައި، މަކަރާއި ހީލަތުގެ 13 މައްސަލައެއްގެ ތުހުމަތު އޮތް ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އޭނާގެ އަންހެނުން، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަފްރިން އަކްތަރު (30އ) ހައްޔަރު ކުރީ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ. މި ދެ މީހުން މިއަދު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ހިމެނޭ 80،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ މިހާރު ވަނީ އަނބުރާ ވެރިފަރާތްތަކަށް ހޯދައިދީފަ އެވެ. މި ފައިސާއަކީ ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ނަގާފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާ އެވެ.

މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މޭ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލެ އާއި މާލޭގެ އެކި ފިހާރަތަކަށް ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ނަގާފައިވެ އެވެ. މީގެ ތެރޭގައި ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ އެޕާޓްމަންޓަށް ވެސް މި ގޮތަށް ނަގާފައިވާ މުދާ ވައްދާފައިވާކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މި މައްސަލައިފައި ހައްޔަރު ކުރުމަށްފަހު ޒައިދާން 15 ދުވަހަށް އަދި އަފްރިން ފަސް ދުވަހަށް ކޯޓު އަމުރެއްގެ ދަށުން ބަންދުކުރި އެވެ. މި ދެ މީހުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ވެސް ދަނީ ކުރިއަށެވެ.

މަކަރާއި ހީލަތް ހެދުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ