ގުޅީފަޅުން ގޯތި ދިނުން އަވަސް ކުރުމަށް އާ އެއްބަސްވުމެއް ނުހެދުމަށް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ލިބުނު ފަރާތްތަކާއެކު ކުރީ ސަރުކާރުން ހެދި އެއްބަސްވުން އުވާލާ އާ އެއްބަސްވުމެއް ހެދުމަށް ނިންމުމަށްފަހު އެއްބަސްވުން ބަދަލު ނުކުރުމަށް އަނެއްކާވެސް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މި ނިންމުން ހާމަކޮށްފައިވަނީ ރޭ ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގަ އެވެ.

ހައުސިން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި މިކަމުގައި ޖުމްލަ ހައްލެއް ހޯދުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

ކުރިން އޮތް އެއްބަސްވުމުގައި އޮތީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި ’މާލެ ސަރަހައްދުން‘ 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެކުލަވާލި އައު އުސޫލުގައި މި ބައި ވަނީ ’ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ‘ އަށް ބަދަލުކޮށްފަ އެވެ. މި ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެއްބަސްވުން އާ ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރަން ނިންމާ ނެރުނު އިއުލާނަށް ފަހު މިނިސްޓަރު މުއްތަލިބް ވަނީ އިތުރު ޓްވީޓެއް ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން ނިންމީ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށް ކަމަށެވެ. އަދި މިއީ އިތުރު ލަސްވުމެއް ނެތި އާ ރެޖިސްޓްރީތައް ހަދައި ގޯތިތައް ޙަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ކުރި ހަދާފައިވާ އެއްބަސްވުމާއި ކުރިން ދީފައިވާ ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް އާ އެއްބަސްވުމާއި ރަޖިސްޓްރީ ދޭން ސަރުކާރުން ނިންމީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވެ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދިން ތަން ބަދަލުވުމާ ގުޅިގެންނެވެ.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ތަނެއް ކަނޑައެޅުމަށް އަލުން ގުރުލާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިފަޅު ގުޅީފަޅު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ