އުނގޫފާރު މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

Advertisement

އެންމެ ފަސް

Advertisement

ރ. އުނގޫފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލައިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ، އުނގޫފާރުގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، 8،626.55 އަކަ މީޓަރުގެ ތާރު އަޅާފައިވާ ދުއްވާ ސަރަޙައްދެއް ހެދުމާއި، 2،537.75 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ސާވިސް ލައިން ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުމަތީ ކަފިހި ހުރަސް ކުރަހައި ކުލަލުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އުނގޫފާރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ހޫނުގަދަ މޫސުމުގައި މަގުތައް ހިރަފުސްވުމުންނާއި، ވިއްސާރަ ދުވަސްވަރު މަގުތައް ޗަކަވެ މަގުތަކުގައި ކިސަޑު ހެދުން ނިމުމަކަށް އަންނާނެކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި މަގުގައި ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް މަގު ބޭނުން ކުރަން އިތުރަށް ފަސޭހަވެ، ދުއްވާ މަގުތަކަކީ އަޑިގުޑަން ނުހުންނަ ރައްކާތެރި މަގުތަކަކަށް ވެގެން ދާނެކަމަށާއި، ރަށުގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށްވެސް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 2،500 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އުނގޫފާރަކީ ރ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އަތޮޅުގެ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވެސް އިދާރީ، ސިއްހީ އަދި ވިޔަފާރި ފަދަ ޒަރޫރީ ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރެ އެވެ.

އުނގޫފާރު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ