ތާޒާގެ ސަޕްރައިޒްއަކީ ތާޒާގެ ’ފެންކޮއެ’؛ ތަފާތު މެސްކޮޓެއް

Advertisement

އެންމެ ފަސް

Advertisement

ތާޒާއިން މިއަދު ދޭން ބުނި ސަޕްރައިޒް ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ.

ތާޒާ ފެން އުފައްދާ ކުންފުނި އައިލެންޑް ބެވަރޭޖް މޯލްޑިވްސް (އައިބީއެމް) އިން މިއަދު ސޯޝަލް މީޑިއާގައި ވަނީ ފުރަތަމަ ފަހަރަށް ތާޒާ ބްރޭންޑުގެ މެސްކޮޓް ދައްކާލާފަ އެވެ.

އައިބީއެމްއިން ބުނީ ތާޒާއަކީ ދިވެހި ބަހުން ’ފްރެޝް‘ އަށް ބޭނުން ކުރާ ބަސް ކަމަށާއި އަދި މި ބަހަކީ  ބްރޭންޑަކަށް ވުރެ ބޮޑަށް އައިބީއެމްގެ ދުރު ރާސްތާ ތަސައްވަރާއި ގުޅިފައިވާ ބަހެއް ކަމަށެވެ.

އައިބީއެމްގެ އެމްޑީ މުހައްމަދު ޖިނާން ޖަލީލް ވިދާޅުވީ ތާޒާގެ މެސްކޮޓަކީ ހަމަ އެކަނި ކެރެކްޓަރ އެއް ނޫން ކަމަށެވެ. ފެންކޮއެ ވެގެން ދާނީ ކުދިބޮޑު އެންމެންނަށް ފެން ބުއިމާއި ހެލިފެލިވެ އުޅުމުގެ މުހިއްމުކަން ހަނދާން ކޮށްދޭނެ ރަހުމަތްތެރިއަކަށް ކަމަށް ޖިނާން ވިދާޅުވި އެވެ.

އައިބީއެމްއިން ބުނީ ފެންކޮއެ މެސްކޮޓް ހިމެނޭހެން ފޯރިގަދަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އާއިލީ އަދި އިޖުތިމާއީ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް ކުދިބޮޑު އެންމެން ބައިވެރިވެގެން ކުޅެވޭނެ ކުޅިވަރުތައްވެސް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އައިބީއެމްއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތާޒާގެ ފަރާތުން އެންމެންނަށް ސަޕްރައިޒެއް ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް ސަޕްރައިޒްއަކީ ކޮބައިކަން އިނގޭނީ މިއަދުކަމަށް އައިބީއެމްއިން އޭރު ވަނީ ބުނެފަ އެވެ.

މައިހުޅުމާލެ ފެސްޓިވަލްއަކީ ހުޅުމާލެއަށް 21 އަހަރު ފުރުމާއި ދިމާކޮށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. ފެމިލީ ކާނިވަލްއަކީ މައި ހުޅުމާލެ ފެސްޓިވަލްގެ ތެރެއިން ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރެކެވެ.

އައިލެންޑް ބެވަރޭޖް މޯލްޑިވްސް މުޙައްމަދު ޖިނާން ޖަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ