އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމައިން ކުރާނެ އަސަރަކަށް ރާއްޖެއިން ތައްޔާރުވާންޖެހޭ: ނަޝީދު

Advertisement

އެންމެ ފަސް

Advertisement

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފަށާފައިވާ ކަމަށާއި، މި ހަނގުރާމައިގެ ސަބަބުން ކުރާނެ އަސަރުތަކަށް ރާއްޖެއިން ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ، ”އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިއްޖެ“ ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން މުޅި ދެކުނު އޭޝިއާ ސަރަހައްދަށާއި، އިންޑިއާ ކަނޑަށް އަދި ދިވެހިރާއްޖެއަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މި ހަނގުރާމައިގެ ފެށުން އައީ އޭޕްރީލް 22 ވަނަ ދުވަހު ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލްކުރާ ސަރަހައްދުގައި ހިނގި ހަމަލާއަކާ ގުޅިގެންނެވެ. މި ހަމަލާގައި 26 ފިރިހެނުން މަރުވެފައިވާ އިރު، އޭގެ ތެރެއިން 25 މީހުންނަކީ އިންޑިއާ ރައްޔިތުންނެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނާއެކު ހުރި ހުރިހާ ވިޔަފާރީގެ ގުޅުންތައް މެދުކަނޑާލާފަ އެވެ. އަދި އިންޑިއާ ރައްޔިތުން ޕާކިސްތާނަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން، ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ދެފަރާތުން ހަމަލާތައް ދަނީ ބަދަލުކުރަމުންނެވެ.

އޭގެއިތުރުން، ޕާކިސްތާނުގެ ކޯރުތަކަށް ލިބޭ ފެންވެސް ކަނޑާލާނެކަމުގެ އިންޒާރު އިންޑިއާއިން ވަނީ ދީފަ އެވެ. ޕާކިސްތާނުގައިވާ ގިނަ ކޯރުތަކެއްގެ ފެށުން އަންނަނީ އިންޑިއާ ސަރަހައްދުންނެވެ. އިންޑިއާއިން ކޯރުތަކުގެ ފެން ހުއްޓުވައިިފިނަމަ، ޕާކިސްތާނު ފަޅީގެ ކޯރުތަކުން ފެން ހުސްވެ، އެ ކޯރުތައް ހިނދޭނެ އެވެ. އެއާއެކު ޕާކިސްތާނުގެ އިޤްތިސާދީ މައިނާރުކަމުގައިވާ ދަނޑުވެރިކަމަށް ބޮޑު އަސަރެއްކުރާނެކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ޕާކިސްތާނުން ވަނީ އިންޑިއާއިން އެފަދަކަމެއްކޮށްފިނަމަ، އެއީ ރަސްމީކޮށް ހަނގުރާމަ އިއުލާންކުރުންކަމަށް ބަލައި، އިންޑިއާގެ ކޯރުތަކުގައި ބަހައްޓާ ހުރަސްތަކަށާއި، އަސްކަރީ މަރުކަޒުތަކަށް ހަމަލާތައްދޭނެ ކަމަށް ބުނެފަ އެވެ.

ރައީސް މުހައްމަދު ނަޝީދު ރާއްޖެ - އިންޑިއާ ރާއްޖެ - ޕާކިސްތާން އިންޑިއާ ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ